ސަރުކާރު އިދާރާތަކަށް އޮފީސް އިމާރާތެއް އަޅަނީ

ސަރުކާރުގެ އެކި އިދާރާތަކަށް ދިމާވެފައިވާ އޮފީސް ހިންގާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި އާ އޮފީސް އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ހުޅުމާލޭގައި ގާއިމުކުރާ އޮފީސް އިމާރާތުގެ އިތުރުން މާލޭގައިވެސް އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުތަކަކީ ދައުލަތުގެ އިދާރާތައް ކުއްޔަށް ހިންގަންޖެހޭ ޖެހުން ހުއްޓުމަކަށް ގެނެސް، ހަރުދަނާ ނިޒާމެއްގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ