މޫސުން ގޯސަްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލް ނެރެފައިވަނީ، މިއަދުގެ 13:30 އިން ފެށިގެން 18:30 އަށް ފުވައްމުުލަކު ސިޓީއިން އައްޑޫ ސިޓީ އަށެވެ. މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި, އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްފައެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުލަނގުމޫސުމުގެ ބާރު ގަދަވާނޭކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މާދަމައިން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައިވާ ދުވަސްތަކުގައި ކަނޑުދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސް: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ