އިންޑިއާގައި ބުރިޖެއް ވެއްޓި 2 މީހަކު މަރުވެ، 6 މީހަކަށް އަނިޔާވެއްޖެ

އިންޑިއާގެ ހުޅަނގު ރަށެއްގެ ކޯރެއްގެ މަތިން ހަދާފައިވާ ދަގަނޑު ބުރިޖެއް ވެއްޓި ދެ މީހަކު މަރުވެއްޖެ އެވެ. އެއާ އެކު، މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ.
މަހާރާޝްތުރާގެ ޕޫނޭ އަވަށުގެ ކޯރެއް ހުރަސް ކުރުމަށް ހަދާފައިވާ އިންދުރަޔާނީ ބުރިޖު ވެއްޓުމުގެ ހާދިސާގައި އިތުރު ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ. އަދި ބުރިޖުގެ ތިރިން ބަޔަކު ސަލާމް ވެސް ކޮށްފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އިއްޔެ މެންދުރު ފަހު 3:30 ހާއިރު ބުރިޖް ވެއްޓުނު އިރު ގިނަ އަދަދެއްގެ ބަޔަކު ބުރިޖު ހުރަސްކުރަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނަވީސް ވިދާޅުވީ އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށާއި ރިލީފް މަސައްކަތްތައް ވަރަށް ވަރުގަދައަށް ފަށާފައިވާ ކަމަށެވެ.
ޕޫނޭ ޑިސްޓްރިކްޓްގެ ތަލެގައޯން ކައިރީގައި އޮންނަ އިންޑޯރީގައި އިންދްރަޔާނީ ކޯރުގެ މައްޗަށް އަޅާފައިވާ ބުރިޖެއް ވެއްޓުނު ހިތާމަވެރި ހާދިސާގެ ހަބަރު ލިބުމުން ވަރަށް ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ނިއުސް އެޖެންސީ، ރޮއިޓާސް އިން ބުނީ ބުރިޖު ވެއްްޓުނީ ކުއްލިއަކަށް ކަމަށާއި އޭރު 20-25 މީހުން ކޯރުތެރެއިން ބެހިގެން ދިޔަ ކަމަށެވެ.
ބުރިޖު ދަށުވި ބައެއް ޓޫރިސްޓުން، މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރި މީހުން ސަލާމަތް ކުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ