ސްކޭމަރ މުއިއްޒުގެ އައްޑޫކަރަންޓް އަޕްގްރޭޑްކުރާ ޑޮންފަންގ ޕްރޮޖެކްޓް!

ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ހޯދުމަށްޓަކައި އެދުވަސްވަރު ވަޒީފާއާއި ފައިސާއާއި ހުވަފެނީ ޕްރޮޖެކްޓައް މުއިއްޒު އޮއްސާލިއެވެ. ހުވަފެނީ ޕްރޮޖެކްޓާއި ފައިސާއާއި ވަޒީފާ ބަހައިގެން މެންބަރަކަށް ހޮވީ މުއިއްޒުގެ ކޮއްކޮ ސައުދާ އެކަންޏެއް ނޫނެވެ. 
ރައްޔިތުންގެ މަޖިލިސް މުއިއްޒު އަތްދަށުލުމަށް މަޖިލިސް އިންތިހާބާ ގުޅުވައި ލާރިއެއް ދިއްކޮލި ކޮންމެ ބައެއްގެ އުނގަށް ދިވެހި ސަރުކާރު މުއިއްޒު ވައްޓާލީއެވެ. ސަރުކާރު ބޮޑެތި ކުންފުނިތައް ލޫޓުވާލިއެވެ. ސަރުކާރު ކުންފުނިތަކުން މުއިއްޒު ގިނަ ފައިސާ ބޭރުކޮށްލީ އެކުންފުންޏަކާ ގުޅޭ ދާއިރާއަކާއިގުޅޭ އެކއެކި ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައެވެ.  
ދަރާވިކިގެން ބޯހިކެން ނެތް ފެނަކަ ކޯޕަރޭޝަން ވެސް މުއިއްޒު ހެދީ ކިރުފެލާ ގެރިއަކަށެވެ. މަޖިލިސް އިންތިހާބަށްޓަކައި އެތައް ވަޒީފާއެއް ބަހާލާ މުޅި ކުންފުނި ގިއްގަޅުވާލައިގެން ފަރު ޖެއްސީއެއް ނޫނެވެ. ޗައިނާ ޑޮންފަންގ ކުންފުނި ކަހަލަ ކުންފުތަކުން ދަރަންޏަށް ޑޮލަރު ކޮޅުކޮޅުވެސް ހޯދީއެވެ.
ޗައިނާގެ ޑޮންފަންގް ކުންފުނިން ހޯދި ޑޮލަރުކޮޅުގެ ބަދަލުގައި އިންޓްރެސްޓާއެކު އެކުންފުންޏަށް ފައިސާދިނުމަށް އުފެއްދި ހިޔާލީ ޕްރޮޖެކްޓަކީ އައްޑޫ ކަރަންޓް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓެވެ. އައްޑޫ ކަރަންޓް އަޕްގްރޭޑް ކުރާނަމުގައި ހިންގި 5 ލައްކަ ޑޮލަރު ސްކޭމްގެ ކަންތައް އެހެރަދަނީ ފަޅާ އަރަމުންނެވެ.
މިހާރު ފެންނަމުން އެދަނީ އެ މަންޒަރެވެ. ބަޔަކަށް އައްޑޫ ކަރަންޓް އަޕްގްރޭޑް ކުރަން ހަވާލުކޮށްގެން އުޅޭތާ އަހަރަށްވުރެ ގިނަވެއްޖެއެވެ. އައްޑޫ ކަރަންޓް އަޕް ގްރޭޑް ކުރަން އުޅޭތަނެއް ނުފެނެއެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ކެނޑެންފެށީމާ ރައްޔިތުން ނިކުމެ މުޒާހަރާ ކުރުމުން އިންޖީނު ގެންގޮސްގެން ވަގުތީ ހައްލެއް މިދާކަށް ދުވަހުވެސް ފެނަކައިން ހޯދީ ވަގުތީ ހައްލެކެވެ. 
އައްޑޫ ކަރަންޓް އަޕްގްރޭޑްކުރަން ސޮއިކުރި ޗައިނާ ޑޮންގ ފަންގ ޕްރޮޖެކެޓް ވީތަނެއް ވީގޮތެއް ނޭނގެއެވެ. ދެން ފެންނާނީ ފެނަކައިން ފަސްލައްކަ ޑޮލަރ ގެއްލި އައްޑޫ ކަރަންޓް އަޕްގުރޭޑްނުވެ އެޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލުކުރާތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ