ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - މެޓުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ ކުރިއަށް އޮތް 3 ދުވަހު އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ތަފްސީލް - އެ އިދާރާ އިން ބުނީ:
ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ
ވައި ގަދަވާނެ
ކަނޑުތައް ވެސް ގަދަވާނެ
މެޓުން މިދިޔަ ހަފްތާގައި ބުނީ ރާއްޖޭގެ ދެކުނަށް މިދިޔަ ބުދަ ދުވަހު ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ.
ވާރޭ: ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން
ވައި: ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުން
މި ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ގޮސްފި ނަމަ، މެޓުން ބަލާނީ ހުޅަނގު މޫސުން ފެށުނީ ކަމަށެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތީ ވިއްސާރަ 3 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ