ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރުން އިލްތިމާސް ކުރީ ވެރި ރަށް މާލޭގައި މުޒާހަރާ ކުރާތީ އާއި މާލެ އަދި ރާއްޖޭގެ ރަށްރަށުގެ ސަލާމަތީ ކަންކަން ކަށަވަރުނުވާތީ އެވެ.
ދިވެހިރާއްޖޭގައި މިވަގުތު ތިބި ސިންގަޕޫރުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން އިލްތިމާސް ކުރަނީ މުޒާހަރާ ކުރާ ސަރަހައްދުތަކަށް ނުދިއުމަށެވެ. އަދި އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތައް އަޅައި، މާލޭގައި ވާނުވާ ކަންކަން ނޫސްތަކުން އޮޅުންފިލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
މާލޭގެ މަގުތަކަށް ނުކުމެ ޒުވާނުން މުޒާހަރާ ކުރަން ފެށީ މީގެ 18 ދުވަސް އޭޕްރީލް 23، އެވެ. ޒުވާނުން މުޒާހަރާ ކުރަން ފެށީ މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާދު ހޯދައިދިނުމަށް ގޮވައިލަ އެވެ.
ހ. ފެންޓެނޯއީ ގޭގެ އުސް ފަންގިފިލާއަކުން ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ އޭޕްރީލް 18، ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި ޒުވާނުން މުޒާހަރާއަށް ނުކުތީ، ޔުމްނުއާއެކު އޭގެ ކުރިން ރޭ ތިބި ބަޔަކާމެދު ހާއްސަ ގޮތަކަށް ފުލުހުން އަމަލު ކުރުމުންނެވެ.
އެގޮތުން ޔުމްނު ވެއްޓުނު ވަގުތު އޭނާއާއެކު އުޅުނު ރައުދު އަހުމަދު، 21، ހައްޔަރު ކުރަން ފުލުހުން ދެކޮޅު ހެދި އެވެ. އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރެ އެވެ. ޔުމްނު ވެއްޓުނުކަން އެނގި، އެހީތެރިވެނުދީ ރައުދު ދިޔަ ކަމަށް ފުލުހުންނަށް ޝައްކު ކުރެވުމުން ވެސް ފުލުހުން ރައުދު ހައްޔަރެއް ނުކުރި އެވެ.
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ