ރަސްދޫގެ ގެއެއްގައި ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ
އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެ އެވެ.އެނގިފައިވާ ގޮތުގައި، ފަރުވާ ދެމުން އަންނަނީ އުމުރުން 31 އަހަރުގެ ދެ މީހަކަށެވެ.އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަސްދޫގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިއަކު އެ ހޮސްޕިޓަލަށް ގެނެސް މިހާރު ފަރުވާދެމުންދާ ކަމަށެވެ.އަދި އެ ދެމަފިރިންގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެމުންދަނީ އެމަޖެންސީގައި ކަަމަށް އޭނާ މައުލޫމާތުދެއްވިއެވެ.ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ