މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ކަލާފާނު ހިނގުމުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ދިޔަ މީހެއް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މިމަހުގެ 27 ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ ގއ. ދާންދޫ، ސުލްތާންވިލާ، އަހުމަދު ރިޝްމާހް (20އ) ކަމަށެވެ.މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ އެރޭ އޮތް އެމްޑީޕީ މިޒާހަރާ ނިންމާލުމަށްފަހު ގެއަށް ދަނިކޮށެވެ. ހެލްމެޓް އަޅައިގެން ތިބި ދެމީހުން ދުއްވާފައި ދިޔަ ސައިކަލެއް އައިސް ކަޅުތެޔޮ ޖެހީ މަންދީ ދުއްވި ސައިކަލަށް ފާރަލަމުން ގޮސް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅުންނާ ގުޅޭ ގޮތުން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާ ކުރަން ނިންމާފައި ވަނިކޮށެވެ. މުޒާހަރާގައި މަންދީ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރަން ފެއްޓެވުމުން ކަމަށެވެ.އެކަމާ ގުޅިގެން މެޑަމް ސާޖިދާ ވަނީ ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެ ބަޔާނުގައި އެކަމަނާ ވިދާޅުވި ގޮތުގައި، ފިރިހެން ދަރިފުޅަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތެކެވެ. އެފަހުން މެޑަމް ސާޖިދާ ވަނީ މަންދީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ވެސް ކޮށްފަ އެވެ.ނަމަވެސް ކަޅުތެޔޮ ޖެހި މައްސަލަ މެޑަމް ސާޖިދާ ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ