އުދައެއް ނާރާނެ، އެކަމަކު ވައިގަދަވުމުން ރާޅުގެ އަސަރުކޮށްފާނެ: މެޓް

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރުނުކުރި ނަމަވެސް ވައިގަދަވާ ވަގުތުތަކުގައި ރާޅުގެ އަސަރުކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނެފިއެވެ. މެޓުން މިއަދު 'ސަން'އަށް ބުނީ، މިއަދާއި މާދަމާގެ މެންދުރު ކުރީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށެވެ. އެކި ހިސާބުތަކަށް ވައިދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރިއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ވިއްސާރަވެ ކަނޑުގަދަވުން: ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އުދައެއް ނޫން. އެކަމަކު، ވައި މިހާރު ގަދަ ވީމައި ވިންޑް ވޭވްސް އެބައުޅޭ. މޫސުން ރަނގަޅު ރަނގަޅެއް ނޫން. އެކަމަކު، ހުކުރު ދުވަހު އެބަ ލިބޭ ބެރޭކެއް އެއާއެކު، އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުރިއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ފަސް ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އެ އިދާރާއިން ވަނީ ހެނދުނު 07:00އިން 13:00އަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ. https://sun.mv/209235 އެމްއެންޑީއެފުން ރޭ ވަނީ ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ކަނޑުމަގުން ނުކުރުމަށް އެމްއެންޑީއެފުން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ