ގދ. ނަޑެއްލާ އާ ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސް އާ ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ
މިނިސްޓްރީގެ ފަރާތުން: މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
ހެވީ ފޯސްގެ ފަރާތުން: މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު
ތަފްސީލް - އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރީ 450 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަގަކީ78.6 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން
އާ ބަނދަރު ހަދަން ފަޅު ކޮންނާނެ
ނެރު ހެދުމަށް ކޮނެ، ނެރު ފައިކަށި ޖަހާނެ
ރިވެޓުމެންޓު ޖަހާ ބޭރު ތޮށި ޖަހާނެ
އެއްގަމު ތޮށި ހަދާ މޫރިން ބޮއި ހަރުކުރާނެ
ރޭމްޕު ހަދާ ނެރު ބައްތި އާއި ބަނދަރު ބައްތި ޖަހާނެ
ޕޭވްމެންޓު އަޅާނެ
ނަޑެއްލާ ބަނދަރު ހަދަން ހެވީ ފޯސް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ