ދިވެހި މިއުޒިކް ބޭންޑް، '2އޮފްއަސް'އަށް ބްރިޓަންސް ގޮޓް ޓެލެންޓު (ބީޖީޓީ)ގެ 19 ވަނަ ސީޒަންގެ އޮޑިޝަނަކަށް ދައުވަތު ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - 2އޮފްއަސްއަށް އެ ދައުވަތު ލިބުނީ ބްރިޓަންސް ގޮޓް ޓެލެންޓުގެ އޮންލައިން އޮޑިޝަންގައި ބައިވެރިވެ، އެ މަރުހަލާ ކަޑައްތުކޮށްގެންނެވެ.
ބުނީ ކީކޭ؟ - ބޭންޑުގެ ވޯކަލިސްޓު އަހްމަދު އަދުހަމް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބީޖީޓީން ފޮނުވި ދައުވަތު ވަނީ ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓުގައި އޭނާ ބުނީ މިއީ ގިނަ ގުރުބާނީތަކަކާއި ހުރަސްތަކަކަށް ފަހު ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ބީޖީޓީގެ އޮޑިޝަންގައި ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވީ ނަމަވެސް، އަދުހަމް ބުނީ އެ ބޭންޑުގެ %100 އެ މުބާރާތަށް ދޭނެ ކަމަށެވެ.
އަހުމަދު އަދުހަމް
މުހައްމަދު ނަސޫހު ބިން ނަސްރުއްދީން
އަބްދުﷲ ޝަމްރޫހު
އަހުމަދު ޖަޝީމް
އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)
އެނގުން މުހިންމު - 2އޮފްއަސްއިން ވަނީ މިއަހަރު އިންޑިއާގެ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވެ، އެ މުބާރާތުން ސެކަންޑް ރަނަރަޕް (ތިން ވަނަ) ކާމިޔާބުކޮށްފަ އެވެ.
2އޮފްއަސްއަށް 'ބްރިޓަންސް ގޮޓް ޓެލެންޓު'ގެ އޮޑިޝަނަށް ދައުވަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ