ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމައި ޑޮލަރު ނެގޭ ލިމިޓަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުން ގެއްލުންވަނީ އާންމު ރައްޔިތުންނަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެއީ އާންމު ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށެވެ.
"މި ސިޔާސަތުން މައްސަލަ ހައްލެއް ނުވޭ. އާންމު ރައްޔިތު މީހާއަށްވީ ގެއްލުން."
އެ ނިންމުމުގެ ސަބަބުން އޮންލައިންކޮށް މުދާ ގަންނައިރު ޑޮލަރު ގަންނަން ހޭދަކުރަން ޖެހޭ އަދަދު ކަޅު ބާޒާރުން ޑޮލަރު ގަތުމުން ހޭދަވާ ވަރަށް ވުރެ އިތުރުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިން ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖު ކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުން. އިސްލާހުގެ ބަދަލުގައި، އާންމު ދިވެހި އާއިލާތަކުގެ މައްޗަށް އިގުތިސޯދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ، އަދި ދިރިއުޅުމުގެ ހަރަދުގެ ހާލަތު އިތުރަށް ގޯސްވުމަށް ހުޅުވޭ ދޮރެއް،" ޝާހިދު ލިޔުއްވި އެވެ.
ބީއެމްއެލްއިން 30 ޕަސަންޓުގެ ފީއެއް ނަގަން ނިންމި ސައިޓުތަކުގެ ލިސްޓުގައި މި ވަގުތަށް ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ހުރިހާ ސައިޓުތަކަކީ، ވަކިން ހާއްސަކޮށް ޝީއިން އާއި ޓީމޫއަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.
ބީއެމްއެލްއިން މި ބަދަލުތައް ގެނައިއިރު، ބޭންކަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މިހެން ހުންނަ ބޭރުގެ މަދު ސައިޓުތަކަކަށް ދައްކަން ޖެހުމަކީ ޑޮލަރު ތާށިވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތަކަށް ގެނައި ބަދަލުން ގެއްލުންވީ އާންމު ރައްޔިތުންނަށް ކަމަށް ޝާހިދު ވިދާޅުވެއްޖެ ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތަކަށް ގެނައި ބަދަލުން ގެއްލުންވީ އާންމު ރައްޔިތުންނަށް ކަމަށް ޝާހިދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ