ކާކޭޒް ލިވަޕޫލަށް ސޮއި ކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުގެ ބޯންމޯތަށް ކުޅެމުންދިޔަ ހަންގޭރީގެ ބައިނަލްއަޤްވާމީ ޑިފެންޑާ މިލޯސް މާކޭޒް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ސޮއި ކޮށްފިއެވެ. އުމުރުން 21 އަހަރުގެ ކާކޭޒް ލިވަޕޫލަށް ސޮއި ކޮށްފައިވަނީ 40 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މި އެއްބަސްވުން ފަސް އަހަރަށް ދެމިގެންދާނެކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިއީ އާ ސީޒަނަށް ލިވަޕޫލް ވަރުގަދަ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޓީމަށް ގެންދިޔަ ތިން ވަނަ ކުޅުންތެރިޔާއެވެ. އަދި މިއާއެކު ލިވަޕޫލުން މިހާރު މި ވަނީ އާ ކުޅުންތެރިން ހޯދުމަށް 170 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. ލިވަޕޫލްއިން ވަނީ ކްލަބްގެ ރިކޯޑް ފީއެއް ކަމަށްވާ 116 މިލިއަން ޕައުންޑް ހަރަދުކޮށްގެން ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކޫސެންއަށް ކުޅެމުންދިޔަ ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ މިޑްފީލްޑާ ފްލޮރިއަން ވާޓްޒް އެ ޓީމަށް ގެންދިއުމުގެ އިތުރުން 29.5 މިލިއަން ޕައުންޑް ހަރަދުކޮށްގެން އެ ޓީމަށް ކުޅެމުންދިޔަ ނެދަލަންޑްސްގެ ޖެރެމީ ފްރިމްޕޮންގް އެ ޓީމަށް ގެންގޮސްފައެވެ. މީގެ އިތުރުން އެކެއް ޕޮއިންޓް ފަހެއް މިލިއަން ޕައުންޑްގެ އަގަކަށް ހަންގޭރީގެ ޒުވާން ކީޕާ އާމިން ޕެކްސީ ވަނީ ލިވަޕޫލާގުޅިފައެވެ. ލިވަޕޫލަށް ސޮއި ކުރުމަށްފަހު ކާކޭޒް ބުނީ ދުނިޔޭގެ އެންމެ ބޮޑެތި ކްލަބްގެ ތަކުގެ ތެރެއިން ކްލަބަކަށް ކުޅެން ދެވުމުން ވަރަށް އުފާވެ, ހިތްހަމަ ޖެހިފައިވާކަމަށެވެ. ކާކޭޒް ވަނީ ނިމިދިޔަ ސީޒަންގައި ބޯންމޯތުން ޕްރިމިއާ ލީގުގައި ކުޅުނު 38 މެޗުގައި ކުޅެފައެވެ. އަދި ކްލަބްގެ ތާރީހްގައި މިހާތަނަށް ޕްރިމިއާ ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދުނު ސީޒަނަށް ހެދުމަށް ކާކޭޒްގެ ދައުރު ވަރަށް ބޮޑެވެ. ބޯންމޯތުން މިދިޔަ ސީޒަނގައިވަނީ 56 ޕޮއިންޓް ލީގުގައި ހޯދައިފައެވެ. ކާކޭޒް މީގެކުރިންވެސް ވަނީ ޔޫރަޕްގެ ބޮޑު ކްލަބަކަށް ބަދަލުވެފައެވެ. އުމުރުން 17 އަހަރުގައި ކާކޭޒް ވަނީ އިޓާލިއަން ސެރީއާގެ އޭސީ މިލާންއަށް ސޮއިކޮށްފައެވެ. އެއިރު ކާކޭޒް ވަނީ މައުލޯ މަލްޑީނީ ގުޅުމުން ނޫނެކޭ ބުނާނީ ކޯކުތޯ ސުވާލުކޮށްފައެވެ. ނަމަވެސް މިލާންގެ މެންޗުގައި ސީނިއާ އެންމެ މެޗެއް ކުޅެން ނުލިބި އެއް ސީޒަން ހޭދަކުރުމަށްފަހު އޭނާ ވަނީ ޑަޗް އެރެޑިވިސީގެ އޭޒީ އާލްކަމާއަށް ސޮއި ކޮށްފައެވެ. އަދި އޭނާ ބޯންމޯތަށް ސޮއި ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ