ފެނަކައިގެ އާ ޗެއާމަނަކަށް ޝާމް އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް އާދަމް މިއަދު އައްޔަނުކުރައްވައިފި އެވެ.ފެނަކައިން ބުނީ، ޝާމް އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް ވަޑައިގަތުމަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އެ ކުންފުނިން ވަނީ ޝާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޝާމް ފުރަތަމަ އައްޔަނުކުރީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުގައި އޭނާ އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.ފެނަކައިގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ. އޭނާ އެ މަގާމުން ވަކިވިކަން ވެސް އެންގީ މިއަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ