ބްލެކްޕިންކްގެ އާ ލަވަ ޓުއާގެ ތެރެއިން
ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް އަދި މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގްރޫޕު، "ބެލްކްޕިންކް" ތިން އަހަރަށް ފަހު ގްރޫޕެއްގެ ގޮތުގައި ފުރަތަމަ ސިންގަލް، ޓުއާގެ ތެރެއިން ރިލީޒްކޮށްފިއެވެ. ކޮރިއާގެ މިއުޒިކް ލޭބަލް ވައިޖީގެ އެންމެ ބޮޑު ގްރޫޕު ބްލެކްޕިންކް ބްރޭކަކަށް ދާން އުޅޭކަން އިއުލާނު ކޮށްފައިވަނީ 2022 ވަނަ އަހަރެވެ. އެއާއެކު އެތައް ބަޔަކު ހީކޮށްގެން ތިބީ ގްރޫޕު އެއްކޮށް މަސައްކަތް ކުރުން ހުއްޓާލަން ތައްޔާރުވަނީ ކަމަށެވެ. އަދި، ގުރޫޕުގެ ހުރިހާ މެމްބަރުން ސޯލޯ ކެރިއަރާ އެކު ކުރިއަށް ދާން ފެށުމުން ފޭނުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވިއެވެ. ނަމަވެސް، ބޮޑު ބްރޭކަކަށް ފަހު އެންމެ ފަހުން ގްރޫޕު މި އޮތީ އެނބުރި އައިސްފައެވެ. މި ހަފުތާގައި ގްރޫޕުގެ ޓުއާ ރަސްމީކޮށް ފަށާފައިވާއިރު މިހާރު މި ގްރޫޕު އަންނަނީ ކޮރިއާގައި ޕަފޯމް ކުރަމުންނެވެ. ކޮރިއާގެ ޝޯތަކުގެ ތެރެއިން ބްލެކްޕިންކް ވަނީ ފުރަތަމަ ސިންގަލް ރިލީޒްކޮށްފައެވެ. އަލަށް އާންމުކޮށްފައިވާ ސިންގަލްއަށް ކިޔަނީ "ޖަމްޕް"އެވެ. މި ސިންގަލްއަކީ ބްލެކްޕިންކްގެ ކުރީގެ ލަވަތަކާ އެއްގޮތް ގްރޫޕުގެ މައިގަނޑު ސްޓައިލް ދައްކުވައިދޭ ލަވައެކެވެ. މި ލަވައިގެ ކޮރިއޮގްރަފީއާ އެކު ގްރޫޕު ވަނީ ޓުއާގައި ޕަފޯމްކޮށްފައެވެ. ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓުއާ ދިނުމަށް ހަމަޖެހިފައިވާއިރު އެންމެ ގިނަ ޝޯތަކެއް ދެނީ އޭޝިއާއާއި އެމެރިކާގައެވެ. ޔޫރަޕުގެ ތިން ސަރަހައްދެއްގައި ވެސް ޝޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފަހު ޝޯތައް ޔޫރަޕުގައި ދޭއިރު މި ޝޯތައް ކުރިއަށްދާނީ އޮކްޓޯބަރުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ