ބޭރުގައި ދިރިއުޅޭ މީހުނަށް ކުޑަކުރި ލިމިޓް ބީއެމްއެލްއިން ބޮޑުކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ހަމަޖެއްސިޔަސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ކުރިން ވެސް އޮންނަ ގޮތަށް މަހަކު 750 ޑޮލަރު އޭޓީއެމްތަކުން ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.އިއްޔެ ބީއެމްއެލްއިން ވަނީ ބޭރުގައި ތިބޭ ދިވެހިންގެ ލިމިޓް 250 ޑޮލަރުން 125 ޑޮލަރަށް ލިމިޓް ކުޑަކޮށް، އޭޓީއެމްއިން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖު ކުރާ ގޮތަށް ހަދާފަ އެވެ. އެެއާއެކު ބޭރުގައި ތިބި ދިވެހިން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ލިމިޓް އިތުރަށް ބޮޑު ކުރަން ނިންމި ކަން އެ ބޭންކުން ވަނީ އިއުލާންކޮށްފަ އެވެ. މި ނިންމުންނާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ނުރުކުން ފާޅުކުރިއެވެ.ނަމަވެސް ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުގެ ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލް 750 ޑޮލަރުގެ ލިމިޓަށް ރަޖިސްޓްރީކޮށް، ބޭނުންވާ ރުފިޔާ ޑެބިޓްކާޑު ފަސޭހައިން ސެލެކްޓް ކުރެވޭނެ ކަމަށެވެ."މި 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސެކްޝަން ހެދޭނެ އަދި ދިރިއުޅޭ ގައުމުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ،" ބީއެމްއެލްއިން މިއަދު ބުންޏެވެ.ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ