މެމްބަރު ވަހީދު، ރައީސް ސޯލިހަށް: ނަފްރަތުގެ ބިލުން ނެއްޓެން ތިޔަ އުޅުއްވަނީ ހިތްވަރު ނެތީމަ ތޯ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުޅުއްވަނީ ނަފްރަތުގެ ބިލުން ”ނެއްޓެން“ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މެންބަރު ވަހީދު ރައީސް ސޯލިހަށް ފާޑުވިދާޅުވީ، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާނު ހުސެއިން ހުށަހަޅުއްވާފައިވާ ނަފްރަތުގެ ބިލު، ޖުޑިޝަރީ ކޮމެޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
ވަހީދު ވިދާޅުވިގޮތުގައި ނަފްރަތުގެ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވުމަށްފަހު މެންބަރު ހިސާނު ހަވަރަށް ދޭ އުސޫލުން ކަންތައް ކުރުން ބަލައެއް ނުގަނެވޭނެއެވެ. އޭނާގެ ވާހަތައް ބައްޓަން ކުރެއްވީ، ހިސާނު ހަވަރަށް ދެނީ ރައީސް ސޯލިހުކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ.
އެމްޑީޕީ އޮތީ ދެފަޅިވެފައިކަން ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ދެން އޮންނާނީ ”އެމީހަކާ އެމީހެއް“ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ