ބަންގި އާއި ގަމަތާ ދެމެދު ހޭދަ ކުރާ ވަގުތު ކުރިއަށް ވުރެ ދިގުކޮށްލުމަށް، އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން އިއްޔެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެގޮތަށް ނިންމީ، މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަ ކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
ތަފްސީލް - ސާކިއުލާގައިވާ ގޮތުން، އަންނަ 1 އޮގަސްޓުން ފެށިގެން ހުރިހާ ނަމާދެއްގައި ވަގުތު ދިގުކޮށްލުމަށް ވަނީ އަންގާފަ އެވެ. އެގޮތުން:
ފަތިސް ނަމާދު، 15 މިނިޓް (ކުރިން ދެނީ 10 މިިނިޓް)
މެންދުރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
އަސްރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
މަގްރިބް ނަމާދު، 8 މިނިޓް (ކުރިން ދެނީ 7 މިނިޓް)
އިޝާ ނަމާދު، 10 މިނިޓް (ކުރިން ދެނީ 7 މިނިޓް)
އެ ސާކިއުލާގައި ވަނީ، މިސްކިތްތަކުގެ އިމާމުންނަށް އެކަން އަންގައި އަމަލު ކުރުވުމަށް އެދިފަ އެވެ.
ބަންގި އާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ