ޒުވާން ހަތީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި 257 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.
ޒުވާން ހާތީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗްގެ ޓްރޭނިން ސެޝަންތައް ޖޫން 26، 27، 28 މި 3 ދުވަހު އިސްލާމީމަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވާއިރު މިނިސްޓްރީން ބުނީ މި ޓްރޭނިންގައި އަތޮޅުތެރެއިން ބައިވެރިވި ކުދިންނަށް އޮންލައިންކޮށް ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޒުވާން ހާތިބުން ތަމްރީންކުރާ ޕްރޮގްރާމްގެ ކޯޑިނޭޓަރު އަޝްރަފް އިބްރާހީމް ވިދާޅުވީ، މިޕްރޮގްރާމްގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބައެއް ދަރިވަރުންނާއި، އަތޮޅުތަކުގެ ރަށްތަކުންވެސް ބައިވެރިވެފައިވާކަމަށެވެ.
ޒުވާން ހަތީބުން އުފެއްދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 300 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައި ހުރީ މި ދައުރުގެ ތެރޭގައި 1000 ހަތީބުން ތަމްރީނު ކުރުމަށެވެ.
257 ދަރިވަރުންނާއެކު، ޒުވާން ހަތީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ