އުމްރާއަށް ގެންދަން ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން އެތައް ބަޔަކަށް ލަނޑުދީފި އެވެ.
އެކަން ދިމާވި މީހުން ވަނީ އެ ވާހަކަތައް މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އެ މީހުން ބުނީ އުމްރާއަށްދާން 25،500 ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އަދި މި މަހު ފުރަން އޮތް ނަމަވެސް ހަބަރެއް ނުވާތީ އެ އޮފީހަށް މީގެ ތިން ދުވަސްކުރީން ގުޅުމުން ހާސް ނުވުމަށާއި ފުރާން އޮތް ދުވަަހަށް ފުރޭނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. ފަހުން ފޯނުވެސް ނިއްވާލީ ކަމަށެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައި ވަނީ އައިސްފައި ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުމްރާއަށް ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން އެތައް ބަޔަކަށް ލަނޑުދީފި، ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ