ގާޒީ އަލީ ރަޝީދުއަށް ބިރުދައްކާ އިންޒާރުދިނުން ޖޭއެސްސީން ކުށްވެރިކޮށްފި!

ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންއަށް ބިރުދައްކާ އިންޒާރުދީ، އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓަށް ކޯރާޑީއަކުން ދިން ހަމަލާ ކުށްވެރި ކުރާކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ވައިބާ ގްރޫޕަކަށް ލީ ފޮސްޓޯއަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މިވަގުތު ހުންނެވީ ސަސްޕެންޝަންގައެވެ. އެއަށްފަހު، ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާއި ޖޭއެސްސީން ހަވާލު ކުރިއެވެ.
ޖުޑީޝިއަރީ ދާއިރާގައި ބޮޑު ކޯޅުމެއް އުފެދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބެހޭ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަ ދަނޑިވަޅެއްގައި، ހިނގައިދިޔަ މި ހާދިސާ ކުށްވެރިކޮށް ޖޭއެސްސީން ވަނީ އަލީ ރަޝީދަށް ބިރު ދައްކާ އިންޒާރު ދިނުމަށް މަސައްކަތް ކުރި މީހުން ހޯދައި އެމީހުންނަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ޖޭއެސްސީން އެ މައްސަލައައި ގުޅިގެން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ގާޒީ އަލީ ރަޝީދު އާއި އޭނާ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް އެ ކޮމިޝަނުން ”ވަރަށް ކައިރިން“ ބަލަމުން ގެންދާ ކަމަށެވެ. އަދި އެކަން ބަލާނެ ކަމުގެ ޔަގީންކަން ފަނޑިޔާރުންނާއި ޝަރޫއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އަރުވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ޖޭއެސްސީއިން ބުނެފައިވަނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސަބުން އެއްކިބާވެ ތިބި ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކަންތައް ނިންމުމުގައި ދިމިތިބެންޖެހޭ ބައެއް ކަމަށެވެ. އަދި އެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިނދު ފަނޑިޔާރުންގެ މުސްތަގިއްލު ކަމާއި މިނިވަންކަމަށް އަސަރުކުރާފަދަ އަދި ފަނޑިޔާރުގޭގެ އިތުބާރާއި މެދު މުޖްތަމައުގައި ޝައްކާއި ވަހުމު އުފެދޭފަދަ އަދި ޝަރުއީ ނިޒާމްގެ ހައިބަތާއި ގަދަރު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްެވސް ފަރާތަކުން ނުކުރުމަށް ކޮމިޝަންގެ ފަރާތުން އިލްތިމާސް ކުރާ ކަމަށެވެ.
ޖެއެސްސީން ވަނީ ފަނޑިޔާރުން އަދާ ކުރަމުންދާ ދުސްތޫރީ އަދި ޝަރުއީ މަތިވެރި ޒިންމާ އަދާ ކުރުމަށް އެކި ފަރާތްތަކުން ކުރިމަތި ކުރާ ނުފޫޒުތަކާއި ބިރުވެރި ހަމަލާތަކުން ފަނޑިޔާރުންނާއި މުޅި ޝަރުއީ ނިޒާމު ސަލާމަތްކޮށް، ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމްކޮށްދިނުމަށްޓަކައި ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮމިޝަނުން ކުރަމުންދާ މަސައްކަތް އެ ގޮތުގައި ކުރިޔަށް ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައެވެ.
ޔާމީނަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ނިމި، ހުުކުމްކުރަން އޮތީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަަދު ހައިލަމް ޖޭއެސްސީއިން ސަސްޕެންޑްކުރުމުން ޝަރީއަތް ކެންސަލްކުރީ އެވެ. ޖޭއެސްސީ އިން ހައިލަމަށް ފިޔަވަޅު އެޅީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުުގައި ޗޭނު ޖަހާފައި ހުރެ އެވެ.
އާ ބެންޗަކާ އެކު ޔާމީންގެ ޝަރީއަތް އަލުން ފަށަން ނިންމާފައިވަނީ މި މަހުގެ 17 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ