އެމެރިކާގެ ސިއްހަތު ވަޒީރު ރޮބަޓް އެފް. ކެނެޑީ ޖޫނިއާގެ ދަށުން ހިންގާ ހެލްތު އެންޑް ހިއުމަން ސާވިސަސް (HHS) ގެ އިސް އޮފިޝަލުން، ދެ މަސްދަރަކާ ހަވާލާދީ އާންމުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، މި މަޝްވަރާތައް އަމާޒުވެފައި ވަނީ އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން އަންނަ SSRI ކްލާހުގެ ބޭސްތަކެއް ކަމަށްވާ "ޒޮލޮފްޓް"، "ޕްރޯޒެކް" އަދި "ލެކްސަޕްރޯ" ފަދަ ބޭސްތަކަށެވެ. ނަމަވެސް، މީގެ ތެރެއިން ކަނޑައެޅިގެން މަނާކުރަން ހުށަހެޅީ ކޮން ބޭހެއް ކަމެއް އަދި އެ މަޝްވަރާތައް ގޮސްފައިވާ ހިސާބެއް ސާފެއް ނުވެއެވެ.
މި ޚަބަރުތަކާ ގުޅިގެން HHS ގެ ތަރުޖަމާނު އެންޑްރޫ ނިކްސަން ވަނީ އެފަދަ އެއްވެސް މަޝްވަރާއެއް ޑިޕާޓްމަންޓްގެ ތެރޭގައި ހިނގާފައި ނުވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އެހެންނަމަވެސް، ސިއްހަތު ވަޒީރު ކެނެޑީ ވަނީ މިދިޔަ ހޯމަ ދުވަހު SSRI ބޭސްތައް ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ހާއްސަ އިނީޝިއޭޓިވްތަކެއް އިއުލާންކުރައްވާފައެވެ. އޭގެ ތެރޭގައި ބޭސް ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިވާ ޑޮކްޓަރުންނަށް ފައިސާ ލިބޭނެ ގޮތްތަކާއި، ބޭސް ދޫކުރާ މިންވަރުގެ ޑޭޓާ އާންމުކުރުމުގެ އިތުރުން ސިއްހީ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ދިނުން ހިމެނެއެވެ.
ސިއްހީ މާހިރުން އެއްބަސްވާ ގޮތުގައި SSRI ބޭސްތަކުގައި ނިދިނުލިބުމާއި ބަރުދަން ބަދަލުވުން ފަދަ ސައިޑް އިފެކްޓްތަކެއް ހުރެއެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން FDA އިން ވަނީ ކުޑަކުދިންނަށް މި ބޭސް ދިނުމުގައި ސަމާލުވުމަށް އަންގައި އިންޒާރުވެސް ޖަހާފައެވެ. އެހެންނަމަވެސް، މި ބޭސްތައް މަނާކުރުމުގެ ބާރު އޮތީ އެފް.ޑީ.އޭ (FDA) އަށެވެ.
އެމެރިކާގައި ބޭނުންކުރާ އެންޓި-ޑިޕްރެސަންޓް ބޭސްތަކެއް މަނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ