އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި ބަދަހި ގައުމެއް ބިނާކުރެވޭނީ ތެލެސީމިއާ އާއިލާތަކަށް އެހީތެރިކަން ދީގެން: ރައީސް ބީއެމްްއެލް އިން ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް ހައްޖުގެ އަޅުކަން އަދާކުރަންވާނީ

ސްޕެނިޝް ލަލީގާގެ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށްވުރެ 11 ޕޮއިންޓް ފަހަތުގައި އޮތް ރެއާލް މެޑްރިޑް، އާދީއްތަ ދުވަހުގެ ‘އެލް ކްލަސިކޯ’ މެޗަށް ތައްޔާރުވަމުން އަންނައިރު، ކްލަބުގެ ތެރޭގައި ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ‘ދަ އެތުލެޓިކް’ އިން ވަނީ ރިޕޯޓްކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން، ބާސެލޯނާ މެޗުގެ ކުރިން ޓީމުގެ ތެރޭގައި އެކި ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އާއި އެހެން ކުޅުންތެރިއަކާ ދެމެދު ހިނގި ހޫނު ބަހުސަކާއި، ކީލިއަން އެމްބާޕޭ އާއި ކޯޗިން ސްޓާފަކާ ދެމެދު ހިނގި ކުރިމަތިލުމެއް ހިމެނެއެވެ.
ނަމަވެސް އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ އޮރެލިއަން ޗުއަމެނީ އާއި ވަލްވާޑޭއާ ދެމެދު ހިނގި ކުރިމަތިލުމެވެ. މި ހާދިސާއާ ގުޅިގެން ވަލްވާޑޭއަށް ‘ޓްރޯމެޓިކް ބްރެއިން އިންޖަރީ’ (ބޯލަށް ލިބޭ ސީރިއަސް އަނިޔާއެއް) ލިބިފައިވާކަން ރެއާލް މެޑްރިޑުން ވަނީ ކަށަވަރުކޮށްދީފައެވެ. ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑޮކްޓަރުންގެ ލަފާގެ މަތިން ވަލްވާޑޭ 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އަރާމުކުރަން ޖެހޭނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ވަލްވާޑޭ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ:
މި ހާދިސާއާ ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ވަލްވާޑޭ އާއި ޗުއަމެނީއާ މެދު އަދަބު ދިނުމުގެ އިޖުރާއާތްތައް ފަށާފައިވާކަން ފަހުން މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކްލަބުގެ ސަޕޯޓަރުން މިހާރު ތިބީ ޓީމުގެ އެތެރޭގެ މަސްލަހަތު ގެއްލެމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ