އަގަށް އެސައިމެންޓް ހަދައިގެން ސެޓްފިކެޓު ހޯދާ މައްސަލާއާ ގުޅިގެން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
އަގަށް އެސައިމެންޓު ހަދައިދޭ ކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓެއް ޝެއާ ކުރައްވައި ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ކުރައްވާފައެވެ.
I wonder whether the Higher Education Institutions and relevant authorities are aware of this!
Posted by Fazu Ahmed on Monday, 28 September 2020
މެޑަމް ފަޒްނާގެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމަށް ބުނެފައެވެ. އަދި އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް މީހުންގެ ކޮށްފައިވާ ކޮމެންޓްތަކުގައި ބުނެފައިވެއެވެ.
އެގޮތުން މީހެއް ކޮމެންޓަށް ޖަވާބު ދެއްވަމުން ފަޒްނާ ވިދާޅުވީ އެގޮތަށް އަގަށް އެސައިމެންޓު ހަދައިދޭ ނަމަ، ކިޔަވާ މީހާގެ ފެންވަރެއް ނެތްތާ ތެދުވެރިކަމެއް ވެސް ނުހުންނާނެ ކަމަށެވެ.
ފަޒްނާގެ ޕޯސްޓަށް ކޮމެންޓު ކުރި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް ހިމެނެއެވެ. އޭނާ ވިދާޅުވީ ބޮޑެތި އިންސްޓިޓިއުޓުތަކުން ގްރެޖުއޭޓްވާ ޓީޗަރުން ވެސް އަގު ދީގެން މީހުން ލައްވާ އެސައިމެންޓު ހަދާ ކަމަށެވެ. އަދި އެފަދަ ޓީޗަރުން އަހަރެމެންގެ ދަރިވަރުން ކިޔަވައިދޭނެ ގޮތޭ މެދު އިބްރާ ވަނީ ސުވާލު އުފައްދަވާފައެވެ.
ރާއްޖޭގައި އެގޮތަށް އަގަށް އެސައިންމަންޓް ހަދައިދޭ ގިނަ ބަޔަކު އުޅޭއިރު، އެ މަސައްކަތުގެ އަގުތައް އުޅެނީ، 500 ރުފިޔާ އިން ފެށިގެން 3000 ރުފިޔާއާ ދެމެދުގަ އެވެ. އޮންލައިން އެކިއެކި ވެބްސައިޓުތަކުގައި އެސައިންމަންޓް ހަދައިދޭކަމަށް އިސްތިހާރުކޮށްފައި ހުރެއެވެ. ގިނަ ކުދިންނަކީ ވަޒީފާއަށް ގޮސްގެން، ނުވަތަ ހަމައެކަނި ސެޓްފިކެޓު ހާސިލް ކުރުމަށް ކިޔަވާ ކުދިންނަށްވުމުން މި މަކަރު ހެދުން ވަރަށް އާންމެވެ.
އަގަށް އެސައިމެންޓް ހަދައިގެން ސެޓްފިކެޓު ހޯދާ މައްސަލައާ ދެކޮޅަށް ނުކުތީ ފަސްޓް ލޭޑީ ފަޒްނާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ