ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި އެކުލަވާލާފައި ވާކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަދު ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ޒިންމާދަރުވުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާރު ކުރީ ނޫސްވެރިިންނަށް ބިރު ދެއްކުން ކަމަށް ވެސް އެމްޑީޕީ ގެ ރައީސް ކަންކުރައްވަމުން ގެންދަވާ އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.
ނޫސްވެރިންނާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވަމުން ސަރުކާރު އިސްވެ އޮވެ ނޫސްވެރިންނަށް ފުރައްސާރަކުރުމާއި، ޖިނާއީ ދައުވާ ކުރުން ވަގުތުން ހުއްޓާލުމަށް ޝާހިދު ގޮވާލައްވާފައި ވަނީ އެމަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ކަންކަން ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ ބިރު ދައްކަން ފަށާފައިކަމަށާއި ނޫސްވެރިކަން ހަނިކުރާ ގާނޫނުތަކުން ފެށިގެން ނިއުސްރޫމްތަކަށް ފުލުހުން ވަދެ ހިންގި ތަހުގީގުތަކާ ހަމައިން ފެށިގެން މުއިއްޒު ސަރުކާރު ޒިންމާދާރުވުމުގެ ބަދަލުގައި ހިޔާރުކުރީ ބިރު ދެއްކުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ރާއްޖެ 108 ވަނައިގައި އޮތް އޮތުމަކީ ލަދުވެތި ކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ރިޕޯޓާސް ވިތައުޑް ބޯޑާސް (އާރުއެސްއެފް)އިން ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު ކުރާ ދަރަޖަ ކުރުމެކެވެ.
ފާއިތުވީ ނޫސްވެރިކަމަށް ހުރަސްއަޅަން މަސައްކަތްކުރި އަހަރެއް: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ