ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ.
މިހާރު ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 7،000ރ. އެވެ. އަދި ނައިބު ރައީސުންނަށް 6،500ރ. ލިބޭއިރު މެމްބަރުންނަށް ލިބެނީ 6،000ރ. އެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،500ރ. އަދި މެމްބަރުންނަށް 5،000ރ. މަހަކު ލިބެ އެވެ.
އެކަމަކު ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމެޓީތައް ކަނޑައެޅުމާއެކު ކޮމެޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށެވެ.
އެގޮތަށް ޕޭ ކޮމިޝަނުން ހަމަޖެއްސި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 20،000ރ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް 15،000ރ. ދިނުމަށެވެ.
އެ ބަދަލާ ގުޅިގެން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ނައިބުންގެ މުސާރައަކަށް ހަމަޖެއްސީ 7،000ރ. އެވެ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރައަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ. އަދި ކޮމެޓީގެ މެމްބަރުންގެ މުސާރައަކީ ކުރިން ވެސް އޮތްގޮތަށް 5،000ރ. އެވެ.
އެގޮތަށް މުސާރައަށް ބަދަލު ގެނައިކަން އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންނަށް ހޮވުނު މީހުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000ރ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ