އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލްގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ އޮންނާނެ އެވެ.
"އިތުބާރު ކެމްޕެއިން ނިންމާ ބޮޑު ޖަލްސާ" ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:45 ގައި އާޓިފިޝަލް ބީޗްގަ އެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި މީކާއީލް ވަނީ އެމްޑީޕީގެ އެންމެ އިސް އަމާޒަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް ވިދާޅުވެފަ އެވެ.
އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޕާޓީ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ މީހަކު ޕާޓީގެ ލީޑަޝިޕާ ހަވާލުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މީކާއީލު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ވެއްޖެނަމަ ޕާޓީގެ މާލީ ހިސާބުތައް އާންމުކުރާނެ ކަމަށްވެސް މީކާއީލް ވިދާޅުވެފައިވެ އެވެ.
ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ގިނަ މެންބަރުން ތާއީދު ކުރައްވަނީ މީކާއީލަށެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބު އޮންނާނީ ހުކުރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ