އުރީދޫއިން ވޯލްޑް ކަޕަށް "ފުޓުބޯޅަ ފޯރި" ނަމުގައި ކެމްޕެއިނެއް ފަށައިފި

އުރީދޫ
މޯލްޑިވްސްއިން ވޯލްޑް ކަޕަށް "ފުޓުބޯޅަ ފޯރި" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.
އުރީދޫއިން ބުނީ މިއީ އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތްތައް
މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް
ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕެއިނެއް ކަމަށެވެ.
ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ފުޓުބޯޅަ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބެލުމަށާއި ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ. 
ފުރިހަމަ ވޯލްޑް ކަޕް ތަޖުރިބާއަކަށް އެމްޓީވީ "Weare26" ޕެކް:
10 ޖޫން އިން 20 ޖުލައި 2026 ގެ ނިޔަލަށް، ޕްރީޕެއިޑް އަދި
ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275ރ. އަށް ހާއްސަ މީޑިއާނެޓް ޕެކެއް
އެކްޓިވޭޓް ކުރެވޭނެއެވެ. އޭގެ ތެރޭގައި 3 ޖީބީ ރެގިއުލާ ޑޭޓާ އާއި ވޯލްޑް ކަޕް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ
ސަބްސްކްރިޕްޝަން ހިމެނެ އެވެ. 
މި ޕެކޭޖުގައި ހިމެނޭ
ޑޭޓާ އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭއިރު،
މީޑިއާނެޓް ސަބްސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި
ހުރެގެންވެސް މުބާރާތުގެ ފޯރިގަދަ މެޗުތައް ބަލައިލެވޭނެ އެވެ.
އުރީދޫ އެޕްގެ
"ހޮޅުއަށި" މެދުވެރިކޮށް މި ޕެކަށް ސަބްސްކްރައިބް ކުރެވޭއިރު، މި
ޚިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން
އުނިކުރެވޭނެ އެވެ.
ހިލޭ ސުޕަރނެޓް އަޕްގްރޭޑް:
މި ކެމްޕޭނުގެ
ދަށުން، ޖޫން 10، އިން ޖުލައި 31، ގެ ނިޔަލަށް، ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް
ހިލޭ އަޕްގްރޭޑް ކުރެވޭނެގޮތަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.
މި އޮފާ ބޭނުންކުރާ
ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި މާ ހަލުވި
ބްރޯޑްބޭންޑް ސްޕީޑެއް ލިބިގެންދާނެ އެވެ. ޕްރޮމޯޝަނަލް މުއްދަތަށްފަހު، ތިންވަނަ
މަސް ނިމުމުގެ ކުރިން ޕެކޭޖް ޑައުންގްރޭޑް ނުކުރާނަމަ، އަޕްގްރޭޑް ކުރި ޕެކޭޖުގެ
އަސްލު އަގު ހިނގަން ފަށާނެ އެވެ.
މި އޮފާ ހާއްސަ ކުރެވިފައިވަނީ އަންލިމިޓެޑް ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށެވެ.
އަދި މި އޮފާ ސުޕަރނެޓް ލަކީ ޑްރޯ ޕްރޮމޯޝަނާ އެއްކޮށެއް ބޭނުން ނުކުރެވޭނެ އެވެ.
ސުޕަނެޓާއެކު
75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ
ފުރުސަތު:
ޖޫން 10، އިން ޖުލައި 31، ގެ ނިޔަލަށް އާ ސުޕަނެޓް
އަންލިމިޓެޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށާއި، އަންލިމިޓެޑް ޕެކޭޖަކަށް
އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ
ފުރުސަތު ލިބިގެންދާނެ އެވެ.
ގުރުއަތުން ހޮވޭ
ނަސީބުވެރިޔާ އިޢުލާން ކުރާނީ ޕްރޮމޯޝަން މުއްދަތު ހަމަވުމުންނެވެ.
ލުއި ފަސޭހަ
އިންސްޓޯލްމަންޓް އުސޫލުން އާ ޓީވީއެއް ގެއަށް:
މެޗުތައް
ބަލައިލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އުރީދޫއިން ވަނީ
ރެޑްވޭވްއާ ގުޅިގެން، ޝަރުތު ހަމަވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް 12
މަސްދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ހައިސެންސް ޓީވީ ގަނެވޭނެ
އިންތިޒާމު ހަމަޖައްސާފަ އެވެ.
ކަސްޓަމަރުންނަށް
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ހިދުމަތަށް އެދި
ހުށަހެޅޭނެ އެވެ. އަދި ޝަރުތު ހަމަވޭތޯ ވަގުތުން ބަލައިދެވޭނެ އެވެ.
ފާއިތުވި ހަ
މަސްދުވަހު ފައިސާ ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތް މިހާރުގެ އަންލިމިޓެޑް
ކަސްޓަމަރުންނަށާއި، ޑައިރެކްޓް ޑެބިޓް އެކްޓިވޭޓްކުރާ އާ އަންލިމިޓެޑް
ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނެ އެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މާލެ
އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް
ލިބޭނެ އެވެ.
599ރ. އާއި 700ރ. އާ ދެމެދުގެ ސުޕަނެޓް ޕްލޭންތައް
ގެންގުޅުއްވާ ކަސްޓަމަރުންނަށް 55 އިންޗީގެ ހައިސެންސް ޓީވީ ލިބޭއިރު، 800ރ. އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ތަފާތު
އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ އެވެ. މި އޮފާ ކުރިއަށްދާނީ ސްޓޮކް
ހުސްވަންދެނެވެ.
"ފުޓުބޯޅަ ފޯރި" ކެމްޕޭނާއެކު، އުރީދޫ މޯލްޑިވްސްއިން
ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ،
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް
ފުރިހަމަކޮށްދެމުންނެވެ.
"ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ
ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ
ވެބްސައިޓުން ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ