ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ފިރުޒުލް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ހަމަޖައްސައިފި އެވެ.
ފިރުޒުލް އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރުމަށް މަޖިލީހަން ނަން ފޮނުވައި މަޖިލީހުން ރުހުން ދިނުމާ އެކުގަ އެވެ. އިއްޔެ އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރައްވައިފަ އެވެ.
ފިރުޒުލް އެމަގާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ.
އޭނާ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އުފެއްދި އިންތިހާބީ އޮފީހުގެ އިންތިގާލީ މަރުހަލާގެ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ