ސްވިޒަރލޭންޑުގެ ޖެނިވާ ކޮންވެންޝަންގައި ކުރިޔަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއެއްޖެއެވެ.
މިކަމާއި ގުޅިގެން ސިއްހީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތް އެސްމްބްލީގެ 78 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނިޔާގައި ފަށާފައިވާކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި މަހުގެ 19 އިން 27 ވަނަ އަށް ކުރިއަށްގެންދަންހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރު 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ރަސްމީ ބަޔާން ދެއްވުމަށް ހަމަޖެހިމައިވާ ތަޤްރީރުގެ މައުޟޫއަކީ ”ވަން ވަރލްޑް ފޯ ހެލްތު“ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ވޯލްޑް ހެލްތް އެސްމްބްލީގައި ދުނިޔޭގެ ސިއްހީ ދާއިރާއިން މިވަގުތުގައި ފާހަގަކުރެވޭ ތަފާތު މައުޝޫތަކަށް މަޝްވަރާކުރެވިގެންދާނެއެވެ. އެގޮތުން، ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވިގެންދާނެއެވެ. ހަމައެއާއިއެކު، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތައް ދިމާވެއްޖެ ހާލަތެއްގައއަމަލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު އެގްރީމެންޓެއް ކަމަށްވާ ”ޕެންޑަމިކް އެގްރީމަންޓް“ ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، އިމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް، ޕްރޮގުރާމް ބަޖެޑްޓާއި ގުޅޭގޮތުންވެސް މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
78 ވަނަ ހެލްތު އެސްމްބްލީގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒަމް ބައިވެރިވެވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ