އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މިދިޔަ އާދީއްތަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
އައްޑޫސިޓީ ހިތަދޫ އެޅެދީދީ މަގުގައި މިދިޔަ އާދިއްތަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ހިތަދޫއަށް އުފަން ރަމީޒް އަބްދުﷲ އެވެ. އޭނާ އެކްސިޑެންޓު ވުމުން، ފުރަތަމަ ފަރުވާދީފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި އޭނާގެ ސިނކުޑީގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. އޭނާއަށް އެޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
ހިތަދޫ އެޅެދީދީ މަގުގައި މި އެކްސިޑެންޓު ހިނގާފައިވަނީ، ބާރަށް ދުއްވާފައި އައި ސައިކަލެއް ރަމީޒް އަބްދުﷲ ދުއްވާފައި އައި ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑީއޯއެވެސް މީސް މީޑިއާގައި ދަނީ ދައަރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ