ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ
މަންމަ މަރުވުމާ ގުޅިގެން އޭނާ އެނބުރި ގައުމަށް ދާތީވެ ގްރޫޕް ސްޓޭޖުގެ ފަހު
މެޗުގައި ހުކުރު ދުވަހުގެރޭ ނޯވޭއާ ދެކޮޅަށް އޭނާ ބެންޗުން ނުފެންނާނެ ކަމަށް
ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
ޑިޝޯމްޕްސްގެ މަންމަ މަރުވީ ރާއްޖެ
ގަޑިން ރޭގެ ވަގުތެއްގަ އެވެ. އޭނާ މިހާރު އަންނަނީ މަންމަގެ ޖަނާޒާގައި
ބައިވެރިވެ، އާއިލާ މެމްބަރުންނާ އެކު ވަގުތު ހޭދަކުރުމަށް ފްރާންސަށް ފުރަން
ތައްޔާރުވަމުންނެވެ.
ޑިޝޯމްޕްސްގެ ބަދަލުގައި ނޯވޭ މެޗުގައި
ކޯޗުކޮށްދޭނީ އެސިސްޓަންޓް ކޯޗު ގައި ސްޓެފަން އެވެ.
ފުރަތަމަ ދެ މެޗުން ސެނެގާލް އަތުން 3-1
އިން އަދި، އިރާގް އަތުން 3-0 އިން މޮޅުވެ ފްރާންސް މިހާރު ވަނީ ދެ ވަނަ ބުރުން
ޖާގަ ކަށަވަރުކޮށްފަ އެވެ. އެކަމަކު ގްރޫޕުގެ އެއް ވަނަ ހޯދުމަށްޓަކައި ނޯވޭ
އަތުން މޮޅުވާން ޖެހެ އެވެ.
ފްރާންސް ގައުމީ ޓީމާ މީގެ 14 އަހަރު
ކުރިން ހަވާލުވި ޑިޝޯމްޕްސް ވަނީ މި ވޯލްޑް ކަޕަށް ފަހު ފްރާންސް ކޯޗުކަމުން ވަކިވާން
ނިންމައިފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2018 ގެ ވޯލްޑް ކަޕް
ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2022 ގެ ވޯލްޑް ކަޕާއި، 20216 ގެ ޔޫރޯގެ ފައިނަލުން
ބަލިވީ އެވެ.
ޑިޝޯމްޕްސް ވަނީ ކެޕްޓަނެއްގެ ގޮތުގައި
ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕާއި، 2000 ގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.
މަންމަ މަރުވުމުން ފްރާންސް ކޯޗު އެނބުރި ގައުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ