މީހުން ހެއްވަންވެސް ހިތަށް އެރިހާ ވާހަކައެއް ނުދައްކާށެވެ! އެއީ 70 އަހަރުގެ ރާސްތާއަށް ނަރަކައިގެ އަޑިއަށް ވައްޓަވައިލައްވަވައިފާނެ ކަމެކެވެ!

ބައެއް މީހުން މީހުން ހެއްޔާލުމަށްޓަކައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކައިފާނެއެވެ. އެއްވެސް އަޞްލެއް ނެތް ދޮގުވާހަކަތައްވެސް ދައްކައެވެ. އަދި ފާޙިޝް ކަންކަމުގެ ވާހަކަވެސް ދައްކައެވެ. އެމީހުން އެކަންކުރަނީ ފާފައެއް ކުރުމުގެ ނިޔަތަކު ނޫނެވެ. މަޖަލަކަށެވެ. އެހެން މީހުން ހެއްވާލުމަށެވެ. ނަމަވެސް އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ!  
(10)
Chapter: What Has Been Related About One Who Says Something To Make People Laugh 
Indeed a man may utter a statement that he does not see any harm in, but for which he will fall seventy autumns in the Fire." 
Grade: Sahih (Darussalam)
Reference: Jami` at-Tirmidhi 2314
In-book reference : Book 36, Hadith 11
English translation: Vol. 4, Book 10, Hadith 2314
މިޙަދީޘްފުޅުން އެނގިގެންދަނީ މީހުން ހެއްވަންވެސް ހިތަށް އެރިހާ ވާހަކައެއް ދައްކައިގެން ނުވާނެކަމެވެ. އަދި އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކުރެވި ދެއްކޭ ވާހަކައަކުން / ބުނެވޭ ބަހަކުން 70 އަހަރުގެ ރާސްތާއަށް ނަރަކައިގެ އަޑިއަށް ވައްޓަވައިލައްވަވައިފާނެ ކަމެކެވެ! 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ