ކ. ހިންމަފުށީގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގެ މައްސަލާގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ޑީޕޯޓުކުރުމަށް ނިންމައިފި އެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 19:24 ހާއިރު ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި އެ މައްސަަލާގައި މިސްރަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކުރުމަށް ފަހު ދެ ދުވަހަށް ކޯޓުން ބަންދުކުރި އެވެ.
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
"ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މި ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަން އަށް ވާނީ ހުށަހަޅާފައި،" ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ހިންމަފުށީގައި ހިންގި މާރާމާރީއެއްގެ މައްސަލާގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ޑީޕޯޓުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ