އޭދަފުށީ ފަޅު ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ބ. އޭދަފުށި ފަޅުތެރެއިން މަރުވެފައި އޮތް ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ފެނިއްޖެ އެވެ. 
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ބ. އޭދަފުށީ، ސީސަންގެ، އަލީ އަބްދުﷲ، 82، ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Zetta Enterprises Pvt Ltd
MU STORE
Zetta Enterprises Pvt Ltd
MU STORE
Yes Maldives Pvt Ltd
"ބ. އޭދަފުށީ ބަނދަރު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު 2026 ޖުލައި 14 ވަނަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.  
އޭދަފުށި ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހާގެ ހަށިގަނޑު ޓެސްޓުތައް ހެދުމަށް ރ. އަތޮޅަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ ހިދުމަތުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ