ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ 4،000 ފްލެޓަށް ހާއްސަކޮށް، ބަދިގެ ސެޓުތައް ހަދައިދިނުމުގެ އާ ޕެކޭޖުތަކެއް ގަވިން އިން ތައާރަފުކޮށްފި އެވެ.
މި ޕެކޭޖުތަކުގެ ސަބަބުން، މި ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ޒަމާނީ އަދި ފަސޭހަ ބަދިގެ ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
ގަވިން އިން ބުނި ގޮތުގައި، މި ޕެކޭޖުތަކުގެ ތެރޭގައި:
'އަމާން އުދަރެސް' އަދި 'އަމާން ދޯދި' ފްލެޓުތަކަށް ހާއްސަ ތިން ޕެކޭޖެއް ހިމެނޭ
ދެ ކޮޓަރީގެ ފްލެޓުތަކަށާއި ތިން ކޮޓަރީގެ ފްލެޓުތަކަށް ވެސް ތިން ވައްތަރެއްގެ ޕެކޭޖު ގަވިން އިން ފޯރުކޮށްދޭނެ
މި ޕެކޭޖުތަކުގެ މައިގަނޑު ސިފައަކީ، ޒަމާނީ ޑިޒައިންތަކަށް ތައްޔާރުކުރެވިފައިވުމެވެ. މީގެ އިތުރުން، އެކި ބަޖެޓަށް ބަލައި ހުރިހާ ލެވެލެއްގެ ކަސްޓަމަރުންނަށް ހާއްސަކޮށް، ތަފާތު އަގުތަކުގައި މި ޕެކޭޖުތައް ލިބެން ހުންނާނެ އެވެ.
އަގުތަކަށް ބަލާއިރު:
ދެ ކޮޓަރީގެ ފްލެޓުތަކަށް 65،000ރ.، 75،000ރ. އަދި 80،000ރ.އަށް ބަދިގެ ސެޓު ހަދައިދޭނެ
ތިން ކޮޓަރީގެ ފްލެޓުތަކަށް ބަދިގެ ސެޓު ހަދައިދޭނީ 70،000ރ.، 80،000ރ. އަދި 86،000ރ.އަށް
މި ޕެކޭޖުތަކުގެ ބަދިގެ ސެޓުތަކުގައި ހިމެނޭ އެއްޗެހި ތަފާތު ވާނެ އެވެ. ނަމަވެސް، އިތުރު ޗާޖަކާ އެކު، ގަވިން އިން ޑިޒައިން ބަދަލުކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. އަދި ޕެކޭޖުގައި ހިމެނޭ ޑިޒައިންގެ އިތުރުން ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެންމެ ފަހުގެ ޓްރެންޑިން އެއްޗެހި ބޭނުންކޮށްގެން ބަދިގެ ސެޓު ހަދާލެވޭނެ އެވެ. އެގޮތުން، ޑިޝް ރެކް، އަވަން ހުޑް، މައިކްރޯވޭވް، ސިންކު، ޑަސްބިން، ބަދިގެ ކެބިނެޓުގެ އިތުރަށް ވެސް ބަދިގެ ސެޓަށް ލެވޭނެ އިތުރު ތަކެތި ގަވިން އިން ލިބޭނެ އެވެ.
ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން، ބީއެމްއެލް އިސްލާމިކް، އެމްއައިބީ އަދި އެމްއެފްއެލްސީގެ ހިދުމަތް މި ޕެކޭޖުތަކަށް ލިބޭނެ އެވެ.
ގަވިންގެ ޝޯރޫމް މާލެ އާއި ހުޅުމާލޭގައި ހުންނައިރު:
މާލޭގައި ޝޯރޫމް ހުންނަނީ ކުރީގެ ސްޓާ ސިނަމާ ކުރިމަތި އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައި؛ އެ ފިހާރައަށް 9588833 އިން ގުޅޭނެ
ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި؛ 9588899 އިން ގުޅޭނެ
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ރޭގަނޑު 10އަށް ޝޯރޫމް ހުޅުވާނެ
އެފްޑީސީގެ ފްލެޓުތަކަށް ހާއްސަ ބަދިގެ ސެޓުގެ އާ ޕެކޭޖުތަކެއް ގަވިންއިން ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ