ސްރީ ލަންކާގެ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ މި އަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖޭޖޭ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދައިފި އެވެ.
މުބާރާތުގައި ޖުމްލަ 12 ޓީމެއް ވާދަކުރިއިރު، މުޅިން ދިވެހި ކުޅުންތެރިން ހިމެނޭގޮތަށް ވާދަކުރީ ޖޭޖޭ އިންނެވެ. ރާއްޖޭގެ ފުޓްސަލްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޖޭޖޭ އިން ރޭ ސޯސަން ވިލާ، ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މޮޅުވީ، ރެޑް ޑެވިލްސްއާ ވާދަކޮށް 5-0 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޭޖޭގެ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ.
މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ޖޭޖޭގެ އިސްމާއިލް އީސަ (މެސީ) އެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި، އީސަގެ އިތުރުން، ޖޭޖޭގެ އަބްދުﷲ ޝައްފާން (ޝާކާ) އާއި ގޯލްކީޕަރު، އަހުމަދު މާހިން މުހައްމަދު (މާޓިން) ވެސް ވަނީ ހިމެނިފަ އެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކަށް 3އެޗްލޮޖިސްޓިކްސް އިން ހަރަކާތްތެރިވިއިރު، މީޑިއާ ޕާޓްނަރަކީ އަދަދު ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި، އޮބިއޮން، އެސްޕަޔާ ސްޕޯޓްސް، ޖޮޒްޓީ، އައިލެންޑް ޕާފިއުމް، ކެފޭ ޑި މާލެ، ސްވިފްޓް ލޮޖިސްޓިކްސް، ގުރުވާ ރެސްޓޯރަންޓް، ބޮޑީ ޓޯން ފިޓްނަސް އަދި އައިންޓްޒް ކިޗަން އިން ވަނީ ބައިވެރިވެފަ އެވެ.
ކޮޅުނބު ފުޓްސަލް އިންތިޒާމްކުރާ ފަރާތުން ޖެހިޖެހިގެން ދެ ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު، ފުރަތަަމަ އަހަރަށް ވުރެން ދެ ވަނަ އަހަރުގެ މުބާރާތް ފުރިހަމަ އެވެ. ކޮޅުނބު ކޮމިއުނިޓީގެ މަގުސަދަކީ، އިތުރު ކުޅިވަަރު މުބާރާތްތައް ވެސް ފޯރިގަދަކޮށް ބޭއްވުމުގެ އިތުުރުން، ފުޓްސަލް މުބާރާތް ވެސް އަހަރުން އަހަރަށް އިތުރަށް ފުރިހަމަކުރުމެވެ.
ކޮޅުނބު ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޖޭޖޭ ސްޕޯޓްސް ކްލަބަށް ކޮޅުނބު ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޖޭޖޭ ސްޕޯޓްސް ކްލަބަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ