އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހަދާކަން މިއަދު އިއުލާންކޮށްފި އެވެ.
ވީކިހިނެއް؟ - މިކަން އިއުލާންކޮށްފައިވަނީ، ލަންޑަންގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލް އާއި ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގަ އެވެ.
ތަފްސީލް - އެ ދެ ތަނުން އިއުލާންކުރި ގޮތުގައި، މި ރިސޯޓް ހަދަނީ ވެރިރަށް މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގަ އެވެ. އެ ގޮތުން:
މި ރިސޯޓުގައި 80އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗު އަދި މޫދު ކޮޓަރި ހުންނާނެ
މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 2028ގެ ފަހުކޮޅު
ބުނީ ކީކޭ؟ - "ޓްރަމްޕްގެ ބްރޭންޑް ރާއްޖެއަށް ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މީގެ ސަބަބުން މި ސަރަހައްދުގެ ލަގްޒަރީ އިންވެސްޓްމަންޓާއި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ މުޅިން އާ ބެންޗުމާކެއް ކަނޑައެޅިގެންދާނެ،" ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށްވާ ރާއްޖެއަށް ޓްރަމްޕް ބްރޭންޑް ގެންދިއުމުގެ އިތުރުން، ފުރަތަމަ ފަހަރަށް އެހެން އިންވެސްޓަރުންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ މަޝްރޫއެއް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓްރަމްޕް އޮގަނައިޒޭޝަނުން ބުނެފައިވެ އެވެ.
ކުރީގެ މޮޑެލްތަކާ ހިލާފަށް، އިންވެސްޓަރުންނަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަތީ އާމްދަނީއެއް ލިބޭ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިނގާނެ، ޕްރިމިއަމް ރިއަލް އެސްޓޭޓް މަޝްރޫއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕް ބްރޭންޑުގެ ރާއްޖޭގެ ފުރަތަމަ ރިސޯޓް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ