އެސްޓީއޯއިން އަލަށް ގެންނަ ބައިނަލްއަގުވަމީ ތެޔޮ ޓޭންކަރާ އެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - 27،000 ޓަނުގެ މި ތެޔޮ ޓޭންކަރުގައި މަސައްކަތް ކުރުމަށް ތަޖުރިބާކާރު ކްރޫން ހޯދުމަށް އެސްޓީއޯ އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
ތަފްސީލް - މި މަގާމުތަކުގެ ތެރޭގައި:
ޗީފް އިންޖިނިއަރު
ޗީފް އޮފިސަރު
އިލެކްޓްރިޝަން
ވެލްޑަރު
ސީމެން
ބޯސަން
ކައްކާ
މާސްޓާ
މެސްބޯއި
އޮއިލަރު
މީގެ އިތުރުން ވެސް ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުތަކަކީ މެރިޓައިމް ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނުހަނު އަގުހުރި ފުރުސަތެކެވެ.
މި މަގާމުތަކަށް، ވަޒީފާ އަދާ ކުރާ މަގާމަށް ބިނާކޮށް މުސާރައިގެ ގޮތުގައި 16،000ރ. އިން ފެށިގެން 150،000ރ.އާ ދެމެދު އަދަދެއް ލިބޭނެ ކަަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެސްޓީއޯގެ ޖޮބް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.
އެސްޓީއޯގެ އާ ތެޔޮ ޓޭންކަރުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ