ލިތުއޭނިއާ ބަލިކޮށް ނެދަލޭންޑްސް އިން ވަރލްޑްކަޕަށް ދަތުރުކޮށްފިއެވެ.
ނެދަލެންޑުން މުބާރާތުގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިން މެޗްގައި ރޭ ލިތުއޭނިއާ 0-4 ކުން ބަލިކޮށްގެންނެވެ. ނެދަލޭންޑްސް އިން ވަނީ މުޅި މެޗްގައިވެސް ވަރަށް ރަނަގޅަށްކުޅެ މުޅި މެޗް ޑޮމިނޭޓްކޮށްފައެވެ.
ނެދަލެންޑުން މެޗްގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގެ ފޯވަޑް ރޭންޑާރސް އެވެ. ނެދަލޭންޑްސްގެ ދެވަނަ ލަނޑު ލިވަޕޫލަށް ކުޅެމުން އަންނަ ގެކްޕޯ ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕާސްގެ ސައިމަންސް އެވެ. މެޗްގައި ފެނިެގެންދިޔަ ފަހުލަނޑު ކާމިޔާބުކޮށްދިނީ މަލޭންއެވެ.
މެޗަށްފަހު ނެދަލޭންޑްސްއިން ވަރލްޑްކަޕް ޖާގައެއް ކަށަވަރުކޮށްފައިވަނީ ކޮލިފައިން ދަތުރުގައި އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ އެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު 8 މެޗުން ނެދަލޭންޑްސްއަށް 20 ޕޮއިންޓް ލިބުނުއިރު ދެވަނާގައި އުޅެނީ 17 ޕޮއިންޓާއެކު ޕޮލެންޑެވެ.
ލިތުއޭނިއާ ބަލިކޮށް ނެދަލޭންޑްސް ވަރލްޑްކަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ