ޢައްޒާސިޓީއަށް 60 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވިއްޖެ: އައިއޭސީ

މިދިޔަ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހު ޣައްޒާ ސިޓީއަށް 60 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވިފައިވާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.
ކާބޯތަކެއްޗާއި އެންމެ ޒަރޫރީ ތަކެތި ޢައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އައިއޭސީން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ޖަމާއަތުން ބުނީ ދައްޗާއި ތުރާލުގެ ތެރެއިން މިދިޔަ އޮކްޓޯބަރުމަހުގެ އެންމެ ފަހު ދުވަހު ޣައްޒާސިޓީއަށް 60 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވިފައިވާކަމަށެވެ. 
ޣައްޒާސިޓީއަށް އެހީގެ ތަކެތި ވެއްދުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރަމުން އައިއޭސީން ބުނީ 2018 ވަނަ އަހަރު ޣައްޒާއަށް އެހީވާން ފެށިއިރާ ހިލާފަށް މިހާރު އެ މަސައްކަތުެގ ބުރަ އެތައް ގުނައަކަށް ބޮޑުވެފައިވާކަމަށެވެ. 
އައިއޭސީން ބުނީ ޢައްޒާގެ ސިޓީ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެންމެ ޒަރޫރީ ތަކެތި އަދިވެސް ބޭނުންވާކަމަށާއި، އެކަމުގައި ރައްޔިތުްނގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާކަމަށެވެ.
 އެޙީ ފޯރުކޮށްދިނުމަށް:
- ބީއެމްއެލް އިސްލާމިކް: 7770000062741
- އެމްއައިބީ: 90101555002111001
- އެކައުންޓް ނަން: International Aid Campaign
- އެކައުންޓް ލޭބަލް: IAC | EMERGENCY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ