ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ އަށާއި އެ ޤައުމުގެ ރައްޔިތުންނަށް،  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ކުުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބްރެޒިލް އާއި ރާއްޖޭގެ ގުޅުމަށް ގާތްގަޑަކަށް 40 އަހަރު ފުރޭއިރު، އެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުމުޔެގެ ޔަގީންކަން އެ ޤައުމުގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
އަދި ދެ ގައުމު އެކުގައި، ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވޭނެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، ރާއްޖެ އާއި ބްރެޒިލް އާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރީ 27 ސެޕްޓެމްބަރު 1988 ވަނަ އަހަރުއެވެ. އެހެންކަމުން ދެ ޤައުމުން ޚާރިޖީ ގުޅުން ޤާއިމްކުރިތާ މި އަހަރަށް 37 އަހަރު ވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ