ގުގުރި ދެމުމަކީ ބައިވެރިޔާއަށް އުނދަގުލާއި މާޔޫސްކަން މެދުވެރި ކުރުވާ ކަމެއް މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ހުސްނީ މުބާރިކް ކަނޑައަޅަން ފާސްކޮށްފި ވަގަށް ނެގި 20000 ޑޮލަރު ހޯދާ ވެރި ފަރާތާ ހަވާލުކޮށްފި ވަކީލުކަމުގެ ލައިސަންސް އައު ކުރުމަށްޓ

ގަވައިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދެމުން އަންނަ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ މި ސަރުކާރުން ގާނޫނީ ޒިންމާ އަދާކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ނޫނީ މިހާރު އުޅަނދުފަހަރު ރަޖިސްޓްރީނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގަރާޖެއް އޮވެގެން ނޫނީ ވެހިކަލް އެތެރެނުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށެވެ. ގަވައިދާ ހިލާފަށް އުޅަނދުފަހަރު ރަޖިސްޓްރީކުރުން ހުއްޓުވުމަށްޓަކައި ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ޅަނދުފަހަރު އެތެރެކޮށް ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަ ބަދަލުތައް މި ދައުރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ