ކޮޅުވެއްޓި ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ ތެރެއިން ދިވެއްސެއްގެ ހާލު ސީރިއަސް

އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޖުމްލަ 6 މީހަކަށް އަނިޔާވެފައިވާ އިރު އޭގެތެރެއިން ދިވެއްސެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ އެމްޕީއެލްއާ ދިމާލު، ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު މެންދުރު ފަހު 3:44 ހާއިރު އެވެ. މިހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހިންނެވެ. އޭގެތެރެއިން އެއް ދިވެއްސެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާގައި ޖުމްލަ 6 މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެެއިން އެކަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 32 އަހަރުގެ މަސްއުދު ހުސައިން ކޔާ ބަންގްލޭޝްއަށް ނިސްބަތްވާ މީހެކެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި ތިބީ 14 މީހުންނެވެ. އެ އެންމެން ވެސް ވަނީ ސަލާމަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ