ވިނަރެސް ފްލެޓުތަކުން ވިއްކާ 94 ކާރު ޕާކިން ޖާގައަށް ޝަރުތު ހަމަވީ 86 މީހުން ވިނަރެސް ފްލެޓުތަކުން ވިއްކާ 94 ކާރު ޕާކިން ޖާގައަށް ޝަރުތު ހަމަވީ 86 މީހުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓުތަކުން ވިއްކާ 94 ކާރު ޕާކިންއަށް ކުރިމަތިލީ 97 މީހުންގެ ތެރެއިން 86 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑަޅައި ބީލަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޖާގަތައް ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ނޮވެމްބަރު 16، ގަ އެވެ. އެ މީހުން ބީލަން ހުށަހަޅަން ޖެހެނީ ޑިސެމްބަރު 22، ގަ އެވެ. އެ ބީލަން ހުޅުވުން އޮންނާނީ އެ ދުވަހުގެ 14:15 އަދި 17:15 ގައި އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގަ އެވެ.
އެ އިއުލާނާ އެއްގޮތަށް ކުރިމަތިލީ މީހުންގެ ތެރެއިން ފުރަތަމަ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅީ 85 މީހުންގެ އެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ހުށަހެޅި ޝަކުވާއަކަށް ބަލައި އިތުރު ފަރާތެއް ވަނީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފަ އެވެ.
ވިނަރެސް ފްލެޓުތަކުގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޕާކިން ޖާގައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ