އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޮޑީ ކެމެރާ ހިމެނޭހެން ގިނަ އަދަދެއްގެ އައިޓީ ސާމާނު ހޯދުމަށް އިއުލާނުކޮށްފިއެވެ.
އޭސީސީއަށް ހޯދަން އިއުލާނުކޮށްފައިވާ އެއްޗެހީގެ ތެރޭގައި ހިމެނެނީ، ވީޑިއޯ ކެމެރާ، ފޮޓޯ ކެމެރާ، ބޮޑީކެމެރާ ވާކީޓޯކީގެ އިތުރުން އެކި ފެންވަރުގެ ލެޕްޓޮޕާއި ޑިޖިޓަލް ސްކްރީން ފާހަގަކޮށްލެވެއެވެ. އޭސީސީއަށް އެންމެ ގިނައިން ހޯދަން އިއުލާނުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ބޮޑީކެމެރާއެވެ. އެގޮތުން 18 ބޮޑީ ކެމެރާ ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް އޭސީސީއަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާއިރު، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 47.4 މިލިއަން ރުފިޔާއެވެ. އޭސީސީން ވަނީ އެ ބަޖެޓް ކުޑަކަން ފާހަގަކޮށް ބަޖެޓުގެ 97 އިންސައްތަ ހަރަދުކުރަން ޖެހެނީ ހަމައެކަނި މުސާރައާއި އޮފީސް ހިންގުމަށް ކަމަށް ބުނެފައެވެ.
އެންމެފަހުން މަޖިލީހުގެ ކޮމިޓީގައި އޭސީސީން ވަނީ ކޮރަޕްޝަން ދުރާލާ ދެނެގަތުމުގެ ނިޒާމު އަދިވެސް ވަރަށް ބަލިކަށިކޮށް އޮތްކަން ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް ފުލުހުންގެ އެހީއަށް އެދެން ޖެހުން މިއީ ކޮމިޝަންގެ މަސައްކަތުގެ މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ އެންމެބޮޑު ފާޑުކިއުން އަމާޒުވާ އެއް އިދާރާއަކީ އޭސީސީއެވެ. އެގޮތުން ސަރުކާރަށް ނިސްބަތްވާ ތަންތަނުން އެންމެ ކުރިންސުރެ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަތަކުގައި އޭސީސީން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާ މައްސަލަ ފާހަގަކޮށްލެވެއެވެ.
އޭސީސީއަށް ގިނަ އަދަދަކަށް ބޮޑީ ކެމެރާ އާއި އެނޫންވެސް އެއްޗެހި ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ