ލ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ބުނީ ހުދު ސަމާލް ނެރެފައިވާ ގަޑިތަކުގައި ވިލާގަނޑުގައި ބޯކޮށް ވާރޭ ވެހި، ގަޑިއަކު 40 މޭލަށް ވައިދަގަވުން އެކަށީގެންވާކަމަށެވެ. އެ ސަރަހައްދަށް ހުދު ސަމާލް ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން މެންދުރު 14:30 އާ ހަމައަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން އޮތްގޮތް ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
ލާމުން ފުވައްމުލަކަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ