އައްޑޫ ރިފަރަންޑަމް ވޯޓުގައި ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމްގައި ވާހަކަދައްކަމުން އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ވޯޓުލާން ދާއިރު، ގެންނަން ލާޒިމްކޮށްފައިވާ ލިޔެކިޔުންތައް ނުހުންނަކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ޑިޖިޓަލް އައިޑީ ދައްކަމުންދާކަމަށާއި، މި ވޯޓުގައި އެފަދަ އެއްވެސް ވަސީލަތެއް ބޭނުން ނުކުރެވޭނޭކަމަށެވެ. ވޯޓުލާން ބޭނުންކުރެވޭނީ ފިޒިކަލީ އައިޑީކާޑު/ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ކަަމަށެވެ. އަދި އެފަދަ އެއްޗެހީގެ ޑިޖިޓަލް އައިޑީ ފޯނުން ދެއްކި ނަމަވެސް ގަބޫލުކުރެވެން ނޯންނާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އީފާހުގެ ތެރެއިން ޑިޖިޓަލް ދެ ފާހެއް ހމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުކަން އަންގައިދޭ ކާޑާއި ޑްރައިވިން ލައިސަންސް ކާޑެވެ.
އީފާހަކީ ގައުމީ އައިޑެންޓިޓީ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ އެއްޗަކަށްވާއިރު، މި ހިދުމަތް ތަރައްޤީކުރުމަށް ދައުލަތުގެ ބައިތުލްމާލުގެ އިތުރުން އެކުވެރި ދައުލަތްތަކުން މިކަމަށް ވަނީ މިހާތަނަށް މިލިއަނުން ހޭދަކޮށްފައެވެ. ރާއްޖޭގެ ބައެއް މުއައްސަސާތަކުން ޑިޖިޓަލް އައިޑީ ބަލައިނުގަތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މުއައްސަސާތަކަކުގެ ކައުންޓަރުތަކުން ޑިޖިޓަލް އައިޑީ މި ފަހަކަށް އައިސް ބޭނުންކުރެއެވެ.
ވޯޓުލާން ޑިޖިޓަލް ކާޑު ބޭނުމެއް ނުކުރެވޭނެ: އިލެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ