މެޑްރިޑް (ޑިސެމްބަރު 4) - ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުން ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު، އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މެޑްރިޑުން 3-0 އިން މޮޅުވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު، ރެއާލުން އެންމެ ފަހުން ކުޅުނު ތިން މެޗުން އެއްވަރުވެފައިވާއިރު، ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ރެއާލުން މި ހޯދި މޮޅާ އެކު، ބާސެލޯނާއާ އެއް ޕޮއިންޓަށް ގާތަށް ވަނީ ޖެހިލައިފަ އެވެ. ބާސެލޯނާ އަށް 15 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އަށް ވަނީ 15 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.
ބިލްބާއޯގެ ސެން މަމެސްގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލަކުންނެވެ. އަދި، ފުރަތަަމަ ހާފު ނިމުމުގެ ކުރިން، ރެއާލުން ވަނީ ފުރިހަމަ ޓީމު ކުޅުމެއް ދައްކަައި ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، އެމްބާޕޭ ދިން ބޯޅައަކުން އެޑުއާޑޯ ކަމަވިންގާ އެވެ.
ރެއާލަށް ބަދަލުވެ ލީގުގެ ފަސް ވަަނަ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު އާނޯލްޑް ވަނީ މި މެޗުގެ އަނިޔާވެގެން މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ބަދަލުކޮށްފަ އެވެ.
ރެއާލުން ތިން ވަނަ ގޯލު ޖެހީ މެޗުގެ 59 ވަނަ މިނިޓްގަ އެވެ. މިއީ އަލްވާރޯ ކަރޭރާސް ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ.
މި މެޗުން ލިބުނު މޮޅާ އެކު، ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ އަށް އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ.
އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލަށް މުހިންމު މޮޅެއް އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ