އެއީ ޒުވާނެކެވެ. ލޯބިވަމުން ދުވަނީއެވެ. 1،2 3 ވަނަ ކުއްޖާއަށްވެސް ދިނީ ލަނޑެވެ. 4 ވަނަ ކުއްޖާ އޭނާއަށް ލަނޑުދިނުމުން ހިތްދަތިވެގެންގޮސް ޝައިޚެއްގެ ގާތުގައި ލަފައަކަށް އެހުމުން އޭނާގެ ކަންކަން އޮޅުންފިލުއްވެވުމަށްފަހު ޝައިޚް ވިދާޅުވިއެވެ.
"ހިތެއް އޮތީ ތިބާގެ އެކަނިހެއްޔެވެ؟ ބަލަ ކުރިން ތިބާ ލަނޑުދިން 3 ކުދިންގެ ހިތަކަށް ތަދެއްނުވާނެހެއްޔެވެ؟ ދެރައެއްވެސް ނުވާނެ ހެއްޔެވެ؟ ޒުވާނާއެވެ. ކައިވެނިކުރުމުގެ ނިޔަތް ނެތި ލޯބިހުށަހަޅައި ލޯބިވެގެން ނުއުޅޭށެވެ. އެއީ މުސްލިމުންނަށް ހުއްދަކަމެއްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް ތިއަ އުޅެވެނީ އެންމެ ގޯސް މީހުން އުޅޭ ގޮތަށެވެ.
އަންހެން ކުއްޖަކަސް ފިރިހެން ކުއްޖަކަސް ކައިވެނިކުރުމުގެ ނިޔަތް ނެތި ލޯބިވެގެން ނުއުޅޭށެވެ. ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކޮށް އެލޯބި ޙަލާލްކުރާށެވެ! ޔަޤީންކުރާށެވެ! ލޯބިވެގެންވިޔަސް އެހެން މީހުންގެ ހިތުގައި ޖައްސުވަމުން ދުވާ މީހަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އުފަލަކުވެސް ނުއުޅެވޭނެއެވެ. އުޅެންޖެހޭނީ ހިތްދަތިކަމާ ހިތާމައިގައެވެ."
ޝައިޚްގެ ވާހަކަފުޅު އަޑުއަހާފައި ދޭނެ ޖަވާބެއް އަދި ބުނާނެ ވާހަކައެއްވެސް އެޒުވާނާއަކަށް ނުވިސްނުނެވެ. މަޑުމަޑުން އިނދެފައި ދެއްވި ނަޞީޙަތަށް ޝައިޚަށް ޝުކުރުއަދާކޮށްފައި ނުކުމެގެންދިއައީއެވެ.
،ިކިޔައިދިނީ ފިރިހެން ކުއްޖަކަށް މައްސަލަ ކުރިމަތިވި ގޮތެވެ. ފިރިހެންކުދިންނަށް ލަނޑުދޭ އަންހެންކުދިންނަށްވެސް މިމައްސަލަ ހަމަ މިގޮތަށް ކުރިމަތިވެއެވެ. ވީމާ ދެޖިންސުގެ ޒުވާނުންވެސް ވިސްނަންވީ ތިމާގެ ހިތަށް އަސަރުކުރާ ފަދައިން އަނެކާގެ ހިތަށްވެސް އަސަރުކުރާނެކަމެވެ. މައްސަލަ ޙައްލުކުރެވޭނީ އެއިރުންނެވެ.
ތިން އަންހެންކުދިންނަށް ލަނޑުދިން ޒުވާނަކަށް އަންހެން ކުއްޖަކު ލަނޑުދިނީމާ ހިތްދަތިވާވަރުން ކެތްނުކުރެވިގެން ޝައިޚް އަރިހަށް ދިއައިމަ ދެއްވި ޖަވާބު! ޢިބްރަތް ޙާޞިލުކުރަންޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ